ކޮވިޑް-19: ނ. ހޮޅުދޫ ކަރަންޓީންކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނ. ހޮޅުދޫ ކަރަންޓީން ކޮށްފިއެވެ.
އެރަށް ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، އެރަށް މޮނިޓަރިންގ ހާލާތަށް ލެވިފައި ވަނީ ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން ކަަމަށެވެ.
އަދި އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.
އެހެންކަމުން "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ހޮޅުދޫއަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް އެ އެންގުމުގައި ވެއެވެ.
"އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ
ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ". އެޗްޕީއޭގެ އެންގުމުގައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ. މީގެ ތެރޭގައި 66 ދިވެހިން ހިމެނޭހެން އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައި ވަނީ މާލެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ