މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަން ފަށައިފި

ގޮނޑަކަށް ވެފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ހަރަކާތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. އެ ހަރަކާތުގެ ވެމްކޯއާއި ސިޓީތަކާއި ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބެވޭ ވުޒާރާ އާައި އެމްޕީއެލްއާއި ފުލުހުން ވެސް ބައިވެރިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމަށް ފަހުގައި ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށެވެ. އެއީ އެ މަގުތަކުގައި ޕިކަޕްތައް ޕާކުކޮށް ކުނިއަޅާތީ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑަސްޓްރިއަލް ވިޖެލް ސާފުކުރަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ ބަތިލަތް އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.
އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.
މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮށްޖެހި، ފުރި ބާރުވެފައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަަނުން ގނަ ސަރަހައްދުތަކުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ