ޓީ-ޖެޓީ ސަރަހައްދަށް ކުނި އެޅި މީހަކު ޖޫރިމަނާކޮށްފި

ޓީ-ޖެޓީ ސަރަހައްދަށް ކުނި އެޅި މީހަކު ހޯދާ ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ވަނީ ހޯދާ ޖޫރިމަަނާ ކޮށްފައި ކަމަށެވެ. ކައުންސިލުން އެ މީހާގެ ފޮޓޯ ވެސް އާންމުކޮށްފައި ވެއެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އެ ސަރަހައްދަށް ކުނި އަޅައިގެން ޖޫރިމަނާކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.
މާލެ ސަރަހައްދުގައި މަގުތައް ކުނި އެޅުމުގެ މައްސަލަ ބޮޑު ވެގެން ދިޔައީ ނިމިދިޔަ ރޯދަ މަހާއި ދިމާކޮށެވެ. މަގުތަކުގައި ކުނި ގިނަ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތަކާއި ކުރިމަތިވިއެވެ.
އާންމުކޮށް ކުނި އަޅާ ކަމަށް ފާހަގަވާ ތަންތަން:
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ