ޗަމްޕާ މޫން ގެސްޓް ހައުސްގައި ރޯވެއްޖެ

ގަލޮޅު ޑޭޒީ މަގުގައި ހުންނަ ޗަމްޕާ މޫން ގެސްޓް ހައުސްގައި މިރޭ ރޯވެ އެ ތަނުގެ އެޕާޓްމެންޓެއްގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިއްޖެ އެވެ.ދިޓީވީއާ ޖެހިގެން ހުންނަ އަދި ދިއެފްއެމް ހިންގާ އެ އިމާރާތުގެ ފުރަތަމަ ބުރީގައި މީހުން ދިރިއުޅޭ އެ ތަނުގައި ރޯވި ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ރޯވި ވަގުތު އެ ތަނުގައި މީހަކު ނެތް ކަމަށްވެ އެވެ.ނަމަވެސް އެޕާޓްމެންޓްގައި ހުރި ޓީވީ އާއި ޓީވީ ރެކް ވަނީ އަނދާފަ އެވެ.ރޯވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ސިފައިން ވަނީ އަލިފާން ނިއްވާލާފަ އެވެ.ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ