ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ތައުސީސީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ސައޫދީ އަރަބިއްޔާގެ މައްކާ އަށް ބުރާސްފަތިދުވަހު ވަޑައިގެންފި އެވެ.
ރައީސް މައުމޫނަކީ، އިސްލާމީ ދުނިޔޭގެ ޢިލްމީ ގޮތުން މަޝްހޫރު 60 ބޭފުޅެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަށް ވަރަށް ކުރިއްސުރެ އައްޔަން ކޮށްފައިވާ މެންބަރެކެވެ.
މައުމޫންގެ މި ދަތުރުފުޅުގައި ސެކްރެޓޭރިއެޓް އޮފް ދަ ފޯމަ ޕްރެޒިޑެންޑްގެ ޕްރިންސިޕަލް ސެކްރެޓަރީ އާދަމް ނައީމާއި، ރާބިޠާގެ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާބިޠާގެ ޖަލްސާއަކަށް މައުމޫން މައްކާ އަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ