މޫސުން ގޯސްވުމުން ރައީސްގެ އީދު ސަލާމް ކެންސަލް

އީދު ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާދަމާ އީދު ސަލާން ކުރައްވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން އީދު ސަލާމް ކުރެއްވުން ކެންސަލް ކޮށްފި އެވެ. ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިރޭ ވިދާޅުވީ ސަލްޓަން ޕާކުގައި މާދަމާ ހެނދުނު އޮންނަ އީދު ސަލާމްކުރުން ކެންސަލް ކުރި ނަމަވެސް، ހަވީރު އެތަނުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނެ ކަމަށެވެ. "އެކަމަކު އެ އިވެންޓް ވެސް ކުރިއަށް ދާނީ މޫސުން ތަންދޭނަމަ. ރައީސްގެ ދެ ކަނބަލުން ވެސް އެ ހަވީރުގައި ބައިވެރިވެ ވަޑައިގަންނަވާނެ،" މުއާޒް ވިދާޅުވި އެވެ. މިދިޔަ އީދު ދުވަހު ރައީސް ޔާމީން އެމަނިކުފާނުގެ ދައްތާފުޅު މުއުމިނާ އަބްދުލްގައްޔޫމްއާ އީދު ސަލާމް ކުރައްވަނީ: މާދަމާ ރައީސް އީދު ސަލާމް ނުކުރައްވަވާނެ މި ހަވީރު ވަޅު އީދު ދުވަހު ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ކޮންމެ އީދެއްގައި ވެސް، ރައީސުލްޖުމްހޫރިއްޔާގެ އީދު ސަލާމް ކުރެއްވުން އޮވެ އެވެ. އަދި ރައީސްއާ ސަލާމް ކުރުމަށް ކޮންމެ ފަހަރަކު ވެސް ގިނަ ބަޔަކު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ