ލަންޑަން (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނު އާސެނަލުން ނެރުނު ނަތީޖާތަކަށް ބަލާއިރު، އެ ޓީމު ދިޔައީ ފިޔަވަޅެއް ފަހަތަށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ދެ ސީޒަނުގައި ލީގުގެ ދެ ވަނަ އަށް ދިޔަ އާސެނަލުން މިދިޔަ ސީޒަނުގައި ދެ ވަނައިގައި ނިންމިއިރު، އެ ޓީމު އޮތީ ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު، މި ފަހަރުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލާ ދެކޮޅަށް އާސެނަލުން މިރޭ ކުޅޭއިރު، މި ދެ ޓީމުގެ ދެމެދުގެ ފަރަގަކީ 15 ޕޮއިންޓެވެ.
އާސެނަލުން 2022/2023 ވަނަ އަހަރުގެ ލީގު ނިންމާލީ 84 ޕޮއިންޓާ އެކު އެވެ. މިދިޔަ ސީޒަނުގައި، އެ ޓީމުން 89 ޕޮއިންޓް ހޯދި އެވެ. އެކަމަކު، މި ސީޒަނުގައި ބާކީ ހުރި މެޗުތަކުން މޮޅުވެގެން ވެސް އާސެނަލަށް ހޯދޭނީ 76 ޕޮއިންޓެވެ.
"ހަގީގަތަކީ ލީގުގައި އަހަރެމެން މި ފަހަރު އެޅީ ފިޔަވަޅެއް ފަހަތަށް، މި ސީޒަނުގައި އަހަރެމެންނަށް މި ލިބިފައިވާ ޕޮއިންޓާއި ހާސިލްކުރެވޭނެ މިންވަރަށް ބަލާއިރު މިއީ ހަމަ ދަށްކޮށް ދިޔަ ކަމެއް،" އާޓެޓާ ބުންޏެވެ
"އެކަމަކު، މިދިޔަ ދެ ސީޒަނުގައި އަހަރެމެން ޕޮއިންޓް ހޯދި މިންވަރަށް ބަލާއިރު، އެއީ ހަމަ ޕްރިމިއާ ލީގުގެ ދެ ތަށި ހޯދޭނެހޭ ޕޮއިންޓް. އެހެންވީމަ އެބަ އެނގޭ އަހަރެމެން މި ކަން ހާސިލްކުރުމާ ކިހާ ގާތުގައި ކަން މި އޮތީ، ލީގު ހޯދޭނެ މިންވަރަށް ޕޮއިންޓް އެބަ ލިބޭކަން،"
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކެޓުމާ އެކު، އާސެނަލުން ތަށްޓެއް ނުލިބި ހުސްއަތާ ފަސް ވަނަ ސީޒަން ނިންމާލާނެ އެވެ. އާޓެޓާ ވަނީ އެ ޓީމު އޮތީ ރަނގަޅު ޓްރެކުގައި ކަމަށް ބުނެފަ އެވެ.
ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ މެޗުގައި، އެ ޓީމަށް ގާޑް އޮފް އޮނާއެއް ދޭނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެެވެ. އަދި، މިއީ، އާސެނަލުން ހިތްވަރު ހޯދައިގެން އަންނަ ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރާނެ ކަމެއްގެ ގޮތުގައި ދެކުމަށް އާޓެޓާ ހުރީ އުންމީދުގަ އެވެ.
އާޓެޓާ ދެކޭގޮތުގައި ލީގުގައި އާސެނަލް ދިޔައީ ފިޔަވަޅެއް ފަހަތަށް އާޓެޓާ ދެކޭގޮތުގައި ލީގުގައި އާސެނަލް ދިޔައީ ފިޔަވަޅެއް ފަހަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ