މެޑްރިޑް (މެއި 11) - މި ސީޒަނަށްފަހު ބަޔާ ލެވަކޫސަން ދޫކޮށްލާނެކަން ހާމަކޮށްފައިވާ ކުރިން ރެއާލަށް ކުޅުނު ޒަބީ އަލޮންސޯ އަކީ ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލްގެ ކޯޗުކަން މި ސީޒަނަށް ފަހު އަންޗެލޮޓީ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އެ މަގާމާ ދެން ހަވާލުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަނީ އަލޮންސޯ އެެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ރެއާލުން ވަނީ މިހާރު އަލޮންސޯއާ އެކު ތިން އަހަރުގެ އެއްބަސްވުމެއް ހެދުމަށް ނިންމައިފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ރެއާލުން ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ އަށް އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ ރެއާލާއެކު އޭނާގެ ކުރިމަގު އޮތްގޮތާ މެދު އެވެ.
"ރެއާލާއެކު އަހަރެންގެ "ހަނީމޫން" ނުނިމޭނެ." ނުސީދާ ގޮތެއްގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ އަލޮންސޯ އަކީ އޭނާހުރި މަގާމުގައި ރެއާލްގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ކޯޗެއްކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. އަދި، އަލޮންސޯ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
އަންޗެލޮޓީގެ ކޯޗުކަމުގައި އަލޮންސޯ ވަނީ ދެ ކްލަބެއްގައި ކުޅެފަ އެވެ. އެއީ، ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގަ އެވެ.
މި ސީޒަނަށްފަހު އަންޗެލޮޓީ ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އޭނާ ހަވާލުވާނީ ބްރެޒިލް ގައުމީ ޓީމާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެންމެ މޮޅު ކޯޗުންގެ ތެރޭގައި އަލޮންސޯ ހިމެނޭނެ: އަންޗެލޮޓީ އެންމެ މޮޅު ކޯޗުންގެ ތެރޭގައި އަލޮންސޯ ހިމެނޭނެ: އަންޗެލޮޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ