ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޢަލީ މިއަދު ގާޒީކަމުން އިސްތިއުފާ ދެއްވައިފި އެވެ. އަދި އިސްތިއުފާގެ ސިޓީ މިއަދު ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ. ގާޒީ އިބްރާހިމް ޢަލީ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވާފައިވާކަން އެ ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު ޖޭއެސްސީއިން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފަ އެވެ.
ގާޒީ އިބްރާހިމް ޢަލީގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލަތަކަކީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން މައްސަލައިގެ ތުހުމަތު ކުރެވުނު މީހުން ބަންދުގަައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ މީހުން ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓްގައި ޕީޖީން އިސްތިއުނާފު ކުރުުމުން ކްރިމިނަލް ކޯޓްގެ އެ ނިންމުން ގޯސް ކަމަށް ނިންމުމާއި އަދި ޕީޖީން އެ މީހުންގެ ބަންދާއިމެދު ނިންމި ނިންމުން މުރާޖައާކުރަން އެދެފިނަމަ އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގޮަތަށް ޢަމަލު ނުކޮށް ގަސްތުގައި ލަސްކޮށްފައި ވާތީ އެވެ.
ނަމަވެސް އިބްރާހީމް ޢަލީ ވަނީ މިކަން ދޮގުކުރައްވާފައެވެ. އޭނާ މިއަދު ވިދާޅުވީ ގާޒީ ކަމުން ވަކިކުރަން ޖޭއެސްސީއިން ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ބަޔަކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރަން ހައިކޯޓުން ކޮށްފައިވާ އަމުރަށް ޢަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައި ނުވާނެ ކަމަށާއި އެ ބަންދުގެ މައްސަލަ މުރާޖައާ ކުރުން ލަސްވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިދާރީ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް، އެ ކަންކަމަށް ރިއާޔަތް ނުކޮށް ޖޭއެސްސީއިން މައްސަލަ ނިންމީ ކަމަށެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ އިބްރާހިމް ޢަލީ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ