ކްރިމިނަލް ކޯޓުގެ ގާޒީ ސަމީރާއި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދުގެ ސަމީރާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފި އެވެ. މިއަދު ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާޒީންނަށް ތުހުމަތުވާ ސުލޫކީ މައްސަލަ ބަލަން އިއްޔެ އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މިއަދު ޖޭއެސްސީއިން ބުނި ގޮތުގައި ގާޒީ ސަމީރާ ދެކޮޅަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައަކީ، އޭނާ ބެއްލެވި މައްސަލައެއްގައި ދިފާއީ ވަކީލަކަށް ވާހަކަ ދެއްކުމަށް އެކީށީގެންވާ ފުރުސަތު ނުދީ، ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންދިޔުމުގައި އެކަށީގެންނުވާ ގޮތަށް އޭނާ އަމަލު ކުރި ކަމަށް ބުނާ މައްސަލައަކާއި، އެހެން އަޑުއެހުމެއްގައި ދިފާއީ ވަކީލުން ކުށްވެރިވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައި އެ ވަކީލުންނާ މެދު ތައައްސަބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް އޭނާ މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. މަރިޔަމް ވަހީދާއަށް ތުހުމަތު ކުރެވޭ މައްސަލައަކީ އޭނާ ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމަކާ، އެ މައްސަލައާ ގުޅޭގޮތުން ޝަރީއަތުުގެ ބޭރުން މުއާމަލާތްކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އޭނަ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ