ކުނޫޒު ބަލައި ފާސްކޮށްގެން އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ, މ. ކުނޫޒު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމަށް ފަހު އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި މ. ކުނޫޒު ބަލައި ފާސްކުރުމަށް ހުއްދަ ދެވިފައި ވަނީ ސަރުކާރު ހިންގުމަށް ދަތިކޮށް, މަޖިލީހުގެ މަސައްކަތަށް ފުށޫ އަރުވަން އެގޭގައި ރޭވުންތަކެއް ރާވާ ކަމަށް ތުހުމަތު ކުރެވިފައި ވާތީއެވެ. މިއަމުރުގައި އިތުރަށް ބުނެފައި ވަނީ އެމްޑީޕީ, ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި މިނޫން ވެސް ފަރާތްތަކުން މިރޭއްވުންތައް ރާވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ.
ރޭ ގާތްގަނޑަކަށް 20:30 އިން ފަށައިގެން ފުލުހުން ވަނީ ފަސް ގަޑި އިރު އެގެ ބަލައިފާސްކުރުމުގައި ހޭދަކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެގެ ބަލައިފާސްކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ