ގާނޫނާއި ޚިލާފަށް ނަގާ ވޯޓަކުން ކަމެއް ފާހެއް ނުވާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން ގާނޫން އަސާސީއާއި ޚިލާފަށް ބައެއް ކަންކަން ފާސްކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ރައީސް މައުމޫން ވިދާޅުވީ ގާނޫން އަސާސީއާއި ޚިލާފަށް މަޖިލީހުގައި ނަގާ ވޯޓަކުން ކަމެއް ފާހެއް ނުވާނެކަމަށެވެ.
ގާނޫން އަސާސީއާއި ޚިލާފަށް މަޖިލީހުގައި ނަގާ ވޯޓަކުން ކަމެއް ފާހެއް ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައިވަނީވެސް ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާއި ޚިލާފަށްކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ގާނޫން އަސާސީގެ 87 ވަނަ މާއްދާގައި "ވޯޓް ދިނުން" މި ސުރުޚީގެ ދަށުންވާ މާއްދާގެ ށ ގައި ބުނެފައިވަނީ މި ގާނޫން އަސާސީގެ 86 ވަނަ މާއްދާގައި އެހެން އޮތްކަމަށްވިޔަސް، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުުރުމަށްޓަކައި، ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަކަށްވުރެ، ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.
މިއަދު މަޖިލީހުން އަވަސް އަރުވާލައިގެން ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައިވަނީ 39 މެންބަރުންގެ ވޯޓުންނެވެ. އެއީ ހަމައެކަނި ސަރުކާރަށް ނިސްބަތްވާ ދެ ޕާޓީގެ މެންބަރުން އެކަނި ތިއްބަވައިގެންނެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ނެގީ ގައިރު ގާނޫނީ ވޯޓެއް ކަމަށެވެ. އަދި އެ ވޯޓް ބަލައިނުގަންނަކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު މުހައްމަދު ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށްވެސް ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޖަލްސާތައް ނިޒާމު ގެއްލިފައިވަނިކޮށް ކުރިއަށް ގެންދިއުމާއި، ނިޒާމު ގެއްލިފައިވަނިކޮށް ވޯޓަށް އަހާ ކަންކަން ނިންމުމުގެ އިތުރަށް، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުތަކާއި ޚިލާފަށް ވޯޓަށް އެހުން ފަދަ ކަންކަންވެސް މަސީހު ރިޔާސަތުގައި އިންނަވައިގެން ގެންދަވަނީ ކުރައްވަމުންނެވެ.
45 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތުން މަސީހުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާއިރު، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް ދެކޮޅު ހަދާ މަސީހު ގެންދަވަނީ ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ.
ގާނޫނާއި ޚިލާފަށް ނަގާ ވޯޓަކުން ކަމެއް ފާހެއް ނުވާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ