އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ފަސް ދައުވާ ވެސް ވަކިން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސް ވަކި ވަކިން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ ޑިޕާޓްމެންޓްގެ އޮފިޝަލަކު ސީއެންއެމަށް މިއަދު މައުލޫމާތު ދެއްވި ގޮތުގައި އެމައްސަލާގައި ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އަދި ކުރީގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހީމު ދީދީ އާއި ކާނަލު މުހައްމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަކި ވަކިން ކަމަށެވެ.
ނަމަވެސް ފަސް މައްސަލަ ވެސް ބައްލަވާނީ އެމައްސަލަ ބެލުމަށް ކޮމިޝަނުން އައްޔަން ކޮށްފައިވާ ތިން ފަނޑިޔާރުންގެ ބެންޗުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފަސް މައްސަލައިގެ ހުރިހާ އަޑުއެހުން ތަކެއް ވެސް ކުރިއަށް ގެންދާނީ ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ބޮޑު ކޮޓަރީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ މައްސަލަ އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވީ ނަމަވެސް އެހެން ބޭފުޅުންގެ މައްޗަށް ކުރާ ދައުވާތައް ފަށައިގަންނާނެ ތާރީހެއް އަދި ނިންމާފައެއް ނުވެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ފަސް ދައުވާ ވެސް ވަކިން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ