އުމަރު ޕީޕީއެމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

އުމަރު ނަސީރު ޕީޕީއެމުން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އުމަރު ނަސީރު ވަކިކުރި މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރުގެ ކެމްޕޭން މެނޭޖަރު މާޒް ސަލީމު ވިދާޅުވީ އުމަރު ޕީޕިއެމުން ވަކިކުރި މައްސަލަ އެޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ދެން ފެންނަން އޮތް ގޮތް ކަމަށެވެ. ސިވިލް ކޯޓުގެ އިތުރުން މިއަދު އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށް ސަލީމު ވިދާޅުވިއެވެ.
އުމަރު ނަސީރު ޕީޕީއެމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު، ޕީޕީއެމްގެ ޕްރައިމަރީ ބާތިލު ކުރުމަށް ވެސް ކޯޓަށްވަނީ ހުށަހަޅާފައެވެ. އެމައްސަލަ ބަލައިގަތުމައި މެދު މިއަދު ގޮތެއް ނިންމާނެއެވެ.
އުމަރު ޕީޕީއެމުން ވަކިކުރިކަން އިއްޔެވަނީ ރަސްމީކޮށް އޭނާއަށް އަންގާފައެވެ. އުމަރު ވަކިކޮށްފައިވަނީ ޕްރައިމަރީއަށާއި ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓު އަބުދުﷲ ޔާމީނަށް ފާދު ވިދާޅުވުމަށްފަހު ތަކުރާރުކޮށް އެންގުމުން ވެސް މައާފަށް އެދިވަޑައިނުގަތުމުންނެވެ. އުމަރުވަނީ މައާފަށް އެދިވަޑައިގެންނެވުމަށް އިންކާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ