ޕީޖީ އޮފިސް މިހާރަށްވުރެ ހަރުދަނާކޮށް ރަނގަޅަށް ހިންގޭނެ ގޮތެއް ހަދައިދޭން ޖެހޭ: އަލީ އާޒިމް

ޕީޖީ އޮފިސް މިހާރަށްވުރެ ހަރުދަނާކޮށް ރަނގަޅަށް ހިންގޭނެ ގޮތެއް ހަދައިދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ ކުށްކުރުން ގިނަ ވާހަކަ ދެއްކުމުން އެކަމަށް ހައްލެއް ނުލިބޭނެކަމަށާއި ޖުޑީޝަރީ ރަނގަޅުކުރަން ޖެހޭގޮތަށް ޕީޖީ އޮފިހުގެ ހިންގުން ރަނގަޅުކޮށް އެތަނުގެ މަސައްކަތް ކާމިޔާބުވާނެގޮތެއް ހޯދަން ޖެހޭކަމަށެވެ.
"ތަހުގީގު ނިންމާ މައްސަލަ ފޮނުވުމުން ޕީޖީގައި މަޑުޖެހޭކަމުގެ މައުލޫމާތު ލިބެނީ. އެހެންކަމުން ޖުޑީޝަރީ ރަނގަޅުކުރާއިރު ފުރަތަމައިނުން ޕީޖީ އޮފީސް އޮފީސް ރަނގަޅުކުރުމަށް މަޖިލީހުން އެބަ މަސައްކަތްކުރަންޖެހޭ،" އާޒިމް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މަޖިލީހުން އެފަދަ މަސައްކަތްތަކެއްނުކޮށް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ އެފަދަ މައްސަލަތައް ހައްލުނުވާނެކަމަށެވެ.
ކޮންމެ ދުވަހަކު ވަޅި ހަރާ މީހުންމަރަމުންދާ ދިއުމަށް ނިމުމެއް ގެނެސްދިނުމަށްޓަކައި ފުލުހުންގެނެސްގެން ނަމަވެސް އެ މީހުން ބޭނުންވާކަމަކީކޮބައިތޯބަލައި އެކަންކަންކޮށްދޭން ޖެހޭކަމަށާއި އެހެން ނޫން ނަމަ އަމާންކަން ގެއްލިގެން ހިނގައިދާނެކަމަށް އާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ