މައުމޫން ފައުންޑޭޝަނުން 10 ސްކޮލަޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫން އިސްކޮށް ހުންނަވައިގެން ހިންގަވަމުން ގެންދަވާ މައުމޫން ފައުންޑޭޝަނުން ހަތް ދާއިރާއަކުން 10 ސްކޮލަޝިޕެއް ހުޅުވާލައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައި މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ މިކޯސްތަކަށް ކުރިމަތި ލެވޭނީ އުމުރުން 28 އަހަރުން ދަށުގެ ޒުވާނުންނަށް ކަމުގައެވެ.
މައުމޫން ފައުންޑޭޝަނުން ކޯސްތަކަށް ހުޅުވާލާފައިވަނީ ބީ.ސީ.އޭ ކޮމްޕިއުޓަރ އެޕްލިކޭޝަން، ބީ.އެސް.ސީ އިން ބަޔޯކެމިސްޓްރީ، ބަޔޯ ޓެކްނޮލޮޖީ، ޖެނިޓިކްސް، ބީ.އޭ އިން ޖާނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބީ.ޕީ.ޓީ ބެޗްލަރ އޮފް ފިޒިއޮތެރަޕީ، ބީ.އެސް.ސީ ބެޗްލަރ އޮފް ނާސިން، ބީ.ބީ.އެމް ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އަދި އެމް.ޓީ.އޭ މާސްޓަރސް އިން ޓޫރިޒަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ