ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އުމަރު ނަސީރު ވަކި ކުރުމާއި ގުޅިގެން ޕީޕީއެމުން ކެނޑެން އެދިފައިވަނީ ވަރަށް މަދު ބައެއް ކަމަށް އެޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމް އަކީ ވަކި ބައެއްގެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީގެ މެންބަރުންނަކީ ކުރީގެ ރައީސް މައުމޫނަށް ތާއިދު ކުރާ ބައެއް ކަމަށެވެ.
"އުމަރު ނަސީރު ވަކި ކޮށްގެން ހަފްތާއަކު ދެތިން މެންބަރުން ޕާޓީން ކެޑުނަސް، ހަފްތާއެއް ތެރޭގައި 200 މެންބަރުން ދަނީ ޕީޕީއެމް އާއި ގުޅެމުން، މި ޕާޓީން ބަޔަކު ދަންޏާ ދާނީ ރައީސް މައުމޫން ދިއުމުން" މަހުލޫފް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ އުމަރާއިއެކު ޕާޓީން ކެނޑިގެންދާ ބަޔަކު ނުހުއްޓުވޭނެ ކަމަށެވެ. އަދި އުމަރާއިއެކު ދާން ބޭނުންވާ މީހުންނަށް އެދޮރު ހުޅުވާލެވިފައިވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމާއި ބެހޭގޮތުންވެސް މަހްލޫފް ވަނީ މިއަދު ވާހަކަދައްކަވާފައެވެ. އެގޮތުން މަހުލޫފް ވިދާޅުވީ ޕީޕީއެމް އޮތީ ކޯލިޝަން ހަދަން އަބަދުވެސް ތައްޔާރަށް ކަމަށާއި މިހާރުވެސް ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"އަޅުގަނޑު ޔަގީން ކަން މިދެނީ އެމްޑިޕީއަކަށް ފުރަތަމަ ބުރަކުންވެސް ދެވަނަ ބުރަކުން ނޫނީ ތިންވަނަ ބުރަކަށް ދިޔަސް އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށް. ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރިޔަސް ކުރާނީ ޕީޕީއެމް. އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ ސަޕޯޓުއޮތް ލީޑަރެއް ހޯދަން. އެ ލީޑަރެއް އިގޭނީ ކޯލިޝާން ނުހަދާ ވަކިވަކިން ހުރހައި ކެޑިޑޭޓުން ފުރަތަމަ ބުރުގަ ވާދަކުރީމަ. އަޅުގަނޑުމެން ކޯލިޝަން ހަދަން ވާހަކަވެސް ދެއްކިން. އިވޭނެ އަދާލަތް ޕާޓީން އަޅުގަނޑުމެންނާ ބައްދަލު ކުރި ވާހަކަ. އެކަމަކު އެއީ ދޮގެއް. ޕީޕީއެމުން އަދާލަތް ޕާޓީއާއި ބައްދަލަ ކުރީ" މަހްލޫފް ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ "ޕީޕީއެމް ތިން ގުނަ" މި ނަމުގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ވަރަށް ހާއްސަ ބޭފުޅުންކޮޅެއް ޕީޕީއެމްއަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އެބޭފުޅުންގެ ނަންތަށް މާދަމާގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށެވެ.
އުމަރު ވަކިކުރުމުން ޕާޓީ ދޫކޮށް ދިޔައީ މަދު ބަޔަކު: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ