ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ދެކޮޅަށް އެމްޑީޕީން ސިވިލްކޯޓުގައި ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
އެމްޑީޕީން ޑރ. މުހަންމަދު ޖަމީލާއި ދެކޮޅަށް ދައުވާ އުފުލީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހުއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ޖަމީލުގެ މައްޗަށް އެމްޑީޕީން ދައުވާ ކޮށްފައި ވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ގާނޫނުތަކުން ރައީސް ނަޝީދަށް ލިބިފައިވާ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަށް ހުރަސްއަޅައި، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ޑރ. ޖަމީލު ވާހަކަދައްކަވާފައިވާތީ ކަމަށް ބުނެ އެކަން ތަކުރާރު ނުކުރުމަށް އަމުރު ކޮށްދިނުމަށް އެދިކަމަށާއި، ޑރ. ޖަމީލަކީ މިހާރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުރި މީހެއް ނޫންކަމުން މަގާމުގެ ނުފޫޒު ބޭނުންކުރާނެ ޖާގައެއް ނެތްކަމަށް ސިވިލް ކޯޓަށް ފެންނާތީ މިމައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ސިވިލްކޯޓުން ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
އެމްޑީޕީން ޑރ. ޖަމީލާ ދެކޮޅަށް ދައުވާކުރި މިމައްސަލައިގެ އިތުރުން އެމްޑީޕީން ވަނީ ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ބުނެ މިހާރުގެ ކަމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި ދެކޮޅަށްވެސް ދައުވާ އުފުލާފައެވެ.
އެމްޑީޕީން ޖަމީލުގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ