ތަސްމީނު ރަނިން މޭޓަކަށް ގެންނަ ނަމަ ކޯލިޝަނާއެކު ދިއުމާ މެދު ވިސްނަން ޖެހޭ: އުމަރު ނަސީރު

ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިން މޭޓަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ގެންނަވާ ނަމަ ކޯލިޝަންގައި ބައިވެރިވުމާއި މެދު ވިސްނަވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ކޯލިޝަންގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީން ނޫން ކޮންމެ ބަޔަކަށް އޮންނާނެ ކަމަށެވެ. ނަމަވެސް ތަސްމީނު ރަނިން މޭޓަކަށް ގެނައުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމުގައި ރައްޔިތުން ދެކޭ ގޮތެއް ބައްލަވާނެ ކަމަށެވެ.
"ފުރަތަމަ ޒެޑް ޑީއާރުޕީ އުފައްދަން ޖެހުނީ ވެސް ތަސްމީނު އެމްޑީޕީއާއި ޑީލު ހައްދަވައިގެން މަސައްކަތް ކުރައްވާތީ، އަނެއްކާ ޖީއެމްއާރު ކަންތައްތައް ވެސް އޮތީ، އެހެންވީމާ އަޅުގަނޑަށް ސަޕޯޓު ކުރާ ފަރާތްތަކުގެ ބަހެއް ބޭނުންވޭ އަޅުގަނޑު. އަޅުގަނޑުގެ ސަޕޯޓަރުންގެ ހިޔާލު ހޯދާނަން،" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނަސީރުވަނީ ޑީއާރުޕީގެ ލީޑަރޝިޕަށް އޭރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އުމަރު މިހާރު ވެސް ހުންނެވީ އޭރު އޭނާ ނެންގެވި ސްޓޭޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ