ކުޑަކުއްޖަކާ ބެހުނު މައްސަލާގައި ހޯދާ މީހަކު ނުފެނިގެން އަނެއްކާވެސް އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދު އަޚުލާގީ އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މީހަކު ނުފެނިގެން ދެ ވަނަ ފަހަރަށް ވެސް އިއުލާންކޮށްފި އެވެ. ފުލުހުން ހޯދަން ބޭނުންވަނީ މ. ހުނަރު، މައުސޫމް އައްބާސް 23، އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ހަތަރު މީހަކު ހިމެނޭ ކަމަށާއި ނުފެނިގެން އުޅެނީ މައުސޫމް އެކަނި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފޮނުވި ލަސްވަނީ ވެސް މައުސޫމް ނުފެނިގެން ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ކުރިން އޭނާ ހައްޔަރުކުރަން ބޭނުންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. "މިފަދަ މީސްމީހުންނަކީ އެހެން މީހުންގެ ކުދިންނަށް ވެސް ނުރައްކަލަކަށް ވެދާނެ ބައެއް. އެހެންވެ މިފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އާންމުންގެ އެއްބާރުލުން ފުލުހުންނަށް ވަރަށް ބޮޑަށް ބޭނުންވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ