މިއަހަރު ނިމުމުގެ ކުރިން އިންތިހާބެއް ބޭއްވުމަށް ނިންމައި ވަކި ތާރީހެއް ކަނޑައެޅުމުގެ ކުރިން މަޖުލީހުގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކަށް ރިޔާސީ ބަޔާން އިއްވަން ނުކެރޭނެ ކަމަށް ތޮއްޑޫދާއިރާގެ މެމްބަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބާއްވާ "އިންސާފުގެ ދަތުރު" އިހުތިޖާޖުގައި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ފުރާނަ ދުއްވާލައިގެން މެނުވީ ރައްޔިތުންގެ މަޖުލީހުގެ ތެރެއަށްވަދެ، ރިޔާސީ ބަޔާން އިއްވުމަށް ހަމަ ހިލާ ނުކެރޭނެ ކަމަށެވެ. މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި، މިގޮތަށް އެމްޑީޕީން ނިންމާފައި ވަނީ މަޝްވަރާ ކުރުމަށްވެސް ފުރުސަތު ދިނުމަށްފަހު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ރައީސަކު ހޮވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ވަހީދު ވަނީ ދިވެހި ސިފައިންނާއި ފުލުހުންނަށް ވެރިކަން ބަދަލުކުރުމުގެ ބާރު ލިބިފައިނުވާއިރު ރައްޔިތުންގެ މަޖުލީހަށް ލިބިފައިވާ ބާރެއް ކަޑިބަޑި ބޭނުންކޮށްގެން ފޭރިގަނެފައިވާތީ، އެސަގާފަތް ރާއްޖޭގައި ނުފެތުރުމަށް ގޮވާލައްވާފައެވެ.
އިންތިހާބީ ތާރީހެއް އިއުލާންކުރުމަކާއި ނުލައި މަޖުލީހުގައި ރިޔާސީ ބަޔާނެއް ނީއްވޭނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ