އަށް މީހަކު ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައި: އުމަރު

01-11-2015 12:32 އިންކުއަރީ ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް 01-11-2015 12:28 ރައީސް އަވަހާރަކޮށްލަން ހަމަލަދިން ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މީހުން: މި އެންމެން ވެސް ތިބީ ރާއްޖެއިން ބޭރުގައި. 01-11-2015 11:42 ޕްރެސް ކޮންފަރެންސް ނިންމާލައިފިި 01-11-2015 11:42 އުމަރު: މިވަގުތު ނައިބު ރައީސްގެ އެއްވެސް ނުފޫޒެއް ސަލާމަތީ ބާރުތަކުގެ މައްޗަކަށް ނޯންނާނެ 01-11-2015 11:36 އުމަރު: ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަރަށް ބައިވަރު ހެކި އެބަހުރި. އޭގެ އެއް ހެއްކަކީ ގޮއްވާާލި ޓައިމިން. 01-11-2015 11:34 އުމަރު: މި ތަހުގީގު މިދަނީ މީހެއްގެ ފަހަތުނެއް ނޫން. މި ދަނީ ހެކީގެ ފަހަތުން. މިހާތަނަށް ހެކިތައް ގެންގޮސްދިނީ ނައިބު ރައީސާ ހަމައަށް. 01-11-2015 11:34 އުމަރު: ނައިބު ރައީސާ މި ހާދިސާ އާ ގުޅޭ ހެކި އެބަހުރި. 01-11-2015 11:32 އުމަރު: މި ހަމަލާގެ ބޭނުމަކީ އެކަކު މަރާލުންް. މި ގޮވުމުން މީހަކު މަރުވެދާނެ. އެކަމަކު މިއީ މުޅި ލޯންޗު ގޮއްވާލަން ދިން ހަމަލާއެއް ނޫން. އެކަމަކު މިއީ ރައީސް އެކަނި އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ބެލެވޭ. 01-11-2015 11:31 އުމަރު: ހއ. ކެލަ އަށް ހަނދު ފެނިފައި ހަ. ވަށަފަރަށް ހަނދު ނުފެނުމަކީ ހަނދުނު ނުފެނުމެއް ނޫން. އެއީ ހަނދު ސާބިތުވުން. އެހެންވީމަ، އެމެރިކާގެ ސާމްޕަލްތަކުން ނުފެނި، ސައުދީގެ ޓީމުން ގެންދިޔަ ހަ ސާމްޕަލުން އެއް ސާމްޕަލުން ފެނުމަކީ ހަމަ ފެނުން. 01-11-2015 11:29 އުމަރު: އެމެރިކާ އިން 10 ސާމްޕަލް ގެންދިޔަ. 01-11-2015 11:29 އުމަރު: އެފްބީއައިގެ ރިޕޯޓްގައި ނެތް ބުނެފައެއް ބޮމެއް ހަރުކޮށްފައެއް ނެތެކޭ، ބޮމެއް ގޮވާފައެއް ނެތެކޭ ވެސް. ބުނެފައި އޮތީ ޔަގީން ކަމާ އެކު ބުނެވޭ ވަރުގެ ހެއްކެއް ނެތޭ ލިބިފައެއް. މިއީ މިކަހަލަ ރިޕޯޓްތައް ހުންނަ ގޮތް. މިކަމަކާ އަޅުގަނޑުމެން ހައިރާނެއް ނުވޭ. 01-11-2015 11:27 01-11-2015 11:27 01-11-2015 11:26 ފިނިފެންމާ ލޯންޗުކޮޅުގައި ގޮވުމާ އެކު ލިބިފައިވާ ގެއްލުންތައް 01-11-2015 11:25 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:24 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:24 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:24 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:24 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:23 ލޯންޗުކޮޅުގެ އެތެރެ 01-11-2015 11:21 އުމަރު: މާލެ އަންނަން ހާމިދަށް ފޯނުން ދެންނެވި. އެކަމަކު އޭނާ ގަސްތު ކުރެއްވީ މެލޭޝިޔާއިން އޮސްޓްރޭލިއާ އަށް ވަޑައިގަންނަވަން. ޓިކެޓް ވެސް ނަންްގަވާފައި އޮތީ. އެކަމަކު އެ ހިސާބަށް ދިޔައީމަ ގެނައީ. 01-11-2015 11:19 ޕްރެސް ކޮންފަރެންސްގައި އުމަރު ވާހަކަ ދައްކަވަނީ 01-11-2015 11:18 އުމަރު: މި ހުރިހާ ކުށްވެރިން ޝަރީއަތަށް ގެންނާނަން. 01-11-2015 11:18 އުމަރު: ހޯދާ އަށް މީހުންނަކީ ދެ މައްސަލައަކާ ގުޅިގެން ހޯދާ އަށް މީހުން. އެ ދެ މައްސަލައަކީ ވެސް ލޯންޗާ ގުޅުން ހުރި ހާދިސާއާ ގުޅޭ ދެ މައްސަލަ. ހޯދާ މީހުްނ ތިބީ ލަންކާ އާއި ބެންކޮކް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި. އަޅުގަނޑު މި ގޮވާލަނީ އެ މީހުން އަންނަން. މި މީހުންނަނީ ރާއްޖޭގައި ޓެރަރިޒަމެއް ހިންގާފައި ފިލައިގެން އުޅޭ މީހުން. 01-11-2015 11:16 އުމަރު: މާލޭގެ ގެއަކުން ފިސްތޯލައެއް ފެނުނު. އެކަމާ ގުޅިގެން ދެ މީހަަކު ވަނީ ހައްޔަރު ވެސް ކޮށްފައި 01-11-2015 11:15 އުމަރު: އަޅުގަނޑުމެން ބޭނުންވީ ތިން ގައުމެއްގެ އޮޕީނިއަން ނަގަން. 01-11-2015 11:14 އުމަރު: އެފްބީއައިގެ ރިޕޯޓް ލިބިފައި ވަނީ ރޭ. އަޅުގަނޑުމެންނަށް އެ ރިޕޯޓް ލިބުނު އިރު ސޯޝަލް މީޑިއާގައި ވެސް އެ ރިޕޯޓް އޮތް 01-11-2015 11:14 ރައީސްގެ ގޮނޑިކޮޅުގެ ފޫވެއްޓިފައި: މިގޮނޑީގައި އިންނެވީ އަނބިކަނބަލުން ފާތުން 01-11-2015 11:12 ލޯގަނޑުތަކާއި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައި. ބަދިގޭގެ ވެސް ބައެއް ތަކެތި ވަނީ ހަލާކުވެފައި 01-11-2015 11:11 ރައީސްގެ ގޮނޑިކޮޅުގެ ފޫ ވަނީ ވެއްޓިފައި. 01-11-2015 11:11 އުމަރު ވިދާޅުވީ އަލިފާންގަނޑެއް އުފެދުނު ކަމަށާއި އަލިފާންގަނޑު އުފެދުމާ އެކު ސިކުންތެއްގެ ބައިކުޅަބައިގެ ތެރޭގައި އަލިފާންގަނޑު ނިވިއްޖެ ކަމަށް. 01-11-2015 11:10 އެކިއެކި ތަންތަނުގައި ބުރައިގެން ދިޔަ އެއްޗެހި ތަތްވެފައި ހުރި ފޮޓޯތަކެއް އެބަ ދައްކާ. އުމަރު ވިދާޅުވަނީ އެފަދަ ގޮތަކަށް އެ އެއްޗެހި ހުރީ ބާރުގަދަ ގޮވުމަކަށް ކަމަށް ވާތީ ކަމަށް. 01-11-2015 11:09 އުމަރު ވިދާޅުވީ އެއާކކޮންޑިޝަން އިނީ އިންޖީނު ރޫމްގައި ކަމަށާއި އެތާނގައި ހުރީ އޭގެ ބްލޯވަރު ކަމަށް. އޭތި ވެސް ވަނީ ފުނޑިފައި. 01-11-2015 11:08 ވަރަށް ގިނަ އެއްޗެހި ވަނީ ވިއްސައިގެން ގޮސްފައި. ލަވަޖަހާ ސެޓާއި ސްޕީކަރު ވެސް ވަނީ ފުނޑުފުނޑުވެފައި. މިއީ ހަމައެކަނި އެކަކު މަރާލަން ދީފައިވާ އަދި އެއީ ރައީސަށް ދީފައިވާ ހަމަލާއެއް ކަމަށް އުމަރު ވިދާޅުވި. 01-11-2015 11:06 އެކްސްޕްލޯސިވް ހަރުކޮށްފައި ވަނީ ވީއައިޕީގެ ސީޓްގެ ފަހަތުގައި. މިއީ ގޮވި ފަހުން ނަގާފައިވާ ފޮޓޯތަކެއް. ބައެއް ގޮނޑިތައް ހުރީ ވިއްސައިގެން ގޮސްފައި. ރައީސްގެ ގޮނޑިކޮޅު ކައިރީގައި ބިތްދޮށުގައި ހުރި ފިލައެއްގައި އޭތި ހަރުކޮށްފައި ހުރި ކަމަށް އުމަރު ވިދާޅުވި. އެތަން ވަނީ ހަލާކުވެފައި. އެއާކޮންޑިޝަން ހުރީ މާ ދުރުގައި. 01-11-2015 11:05 މިހާރު ފޮޓޯތަކެއް ދައްކަނީ 01-11-2015 11:04 އުމަރު: މިއީ ސީދާ ހަމަ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަން ދެން ދައްކާ ފޮޓޯތަކުން އެނގޭނެ. 01-11-2015 11:03 އުމަރު: ސައުދީން ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލުން ވަނީ ހައި އެކްސްޕްލޯސިވް ސާމްޕަލް ފެނިފައި. އަދި މި ހާދިސާ އަށް ފަހު ހެކި ނައްތާލަން މަސައްކަތްކޮށްފައި ހުރިކަން ވެސް އަޅުގަނޑުމެން ގަބޫލުކުރަން. 01-11-2015 11:03 އުމަރު: ދުނިޔޭގެ ހުރިހާ ތަޖުރިބާކާރުން ވެސް ގަބޫލުކުރާ އެކައްޗެއް އޮންނާނެ. ހައި އެކްސްޕްލޯސިވް އެއް ގޮއްވާލައިފިއްޔާ ބުރައިގެންދާ މާއްދާތައް ވަރަށް ފަސޭހައިން އަންދާލާނެ. އެހެންވީމަ، އާރުޑީއެކްސްއެއް ގޮއްވާލައިފިއްޔާ އެ އެއްޗެހި އަނދައިގެންދާނެ. ހަލާކުވެގެން ދާނެ. ވަރަށް ސާފުކޮށް އަޅުގަނޑުމެން މިތަނަށް އައި ތިން ޓީމާ ވެސް މި ސުވާލު ކުރިން. 01-11-2015 11:01 އުމަރު: ސައުދީ ޓީމުން ބުނެފައި އޮތީ އާރުޑީއެކްސް ފެނުނޭ ތިމަންނަމެންގެ ލެބޯޓްރީ ޓެސްޓްތަކުން. މިކަމުގައި ދެ ގައުމެއްގެ (ލަންކާ ވެސް) ބުނަނީ އައިޑީއެކޭ. އެހެންވެ އެއީ ކޯޓަށް ހުށަހެޅޭ ވަރުގެ ކާފީ ހެއްކެއް 01-11-2015 11:00 އުމަރު: މި ތަހުގީގަކީ ދިވެހި ފުލުހުން ހިންގާ ތަހުގީގެއް. އެހެން ބަޔަކު ހިންގާ ތަހުގީގެއް ނޫން. ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުން ވަނީ ކުށުގެ ވެހި ބަލައިފައި. އެފްބީއައި އިން ބުނާ ކަމަށް ވޯލް ސްޓްރީޓްގައި ޖަހާފައި. އެފްބީއައި އިންކާރެއް ނުކުރޭ ގޮއްވާލި ކަމަށް. ހަމައެކަނި ބުނެފައި އޮތީ ކާފީ ސައްހަ ހެކި، ޔަގީން ކަމަށް ބުނާ ވަރަށް ހެކި ލިބިފައެއް ނެތޭ. ހަމަ އެ ނޭވާގައި ފިއުލް އެއާ އެކްސްޕްލޯޝަނަކަށް ނުވާނެއެކޭ ނުބުނެވޭނޭ. މިއީ ކެމިކަލެއް ބޭނުންކޮށްގެން ގޮއްވާލާ ގޮއްވާލުމެއް. މިއީ ހުރިހާ ތަހުގީގެއްގައި ވެސް މިކަން އޮންނަ ގޮތް. ފޮރެންސިކް އެއްވެސް ބަޔަކު ނުބުނާނެ ކަނޑައެޅިގެން މިހެނެއް ނޫން. 01-11-2015 10:55 އުމަރު: ތަހުގީގަށް ބޭނުންވާ އަށް މީހަކު ވަނީ ރާއްޖެއިން ބޭރުގައި. އެއީ، މުހަންމަދު އައްލާމް ލަތީފު މުހަންމަދު ހުސެއިން (އޮއިއްޓޭ)، މުހަންމަދު ވިޝާމް، އަހުމަދު ފާތިހު، މުހަންމަދު އަސީލް އަހުމަދު، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)، ހުސެއިން ސިނާން، އަހުމަދު އިޝްފާހު އަލީ. މި މީހުން އައިސް ތަހުގީގަށް އެއްބާރުލުން ދިނުން އެދެން. އެހެން ނޫނީ އިންޓަޕޯލް މެދުވެރިކޮށް ގެންނަން ޖެހޭނެ. އަޅުގަނޑު މި ގޮވާލަނީ އެ މީހުން އަންނަން. އެ މީހުންނަށް މިހާރު އެނގޭނެ އެއީ މި ތަހުގީގަށް ބޭނުންވާ މީހުންކަން. ނެޝެނަލް އިންކުއަރީ ކޮމިޝަންގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސް ރައީސް އޮފީހުގައި ފަށައިފި އެވެ. މިއީ، ރައީސް އަބްދުﷲ ޔާމީން އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ކޮމިޝަނުން ބާއްވާ ދެ ވަނަ ޕްރެސް ކޮންފަރެންސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ