ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ދިރިއުޅުއްވާ މ. ސްނޯރޯޒް އަށް ފުލުހުން ވަދެއްޖެ އެވެ.
ސްނޯރޯޒް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފުލުހުންނަށް ނެރެދީފައިވާ އަމުރުގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 6:00 ޖެހުމާ ހަމައަށް އެގެ ބަލައި ފާސްކުރެވިދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ފާރިސްއާ ދެކޮޅަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި، ހެއްކެއްގެ ހެކި ބަހާއި، ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލާއި، މައްސަލައާ ގުޅުން ހުރި ވީޑިއޯއެއްގެ އޯޑިއޯ ސްކްރިޕްޓް ވެސް ލިބިފައިވާ ކަމަށެވެ. ފާސްކުރަން ބޭނުންވާ ތަކެތީގެ ތެރޭގައި ފާރިސްގެ ލެޕްޓޮޕާއި، ޗެކު ފޮތްތަކާއި، ބޭންކްތަކަށް ހުށަހަޅާ ލިޔުންތަކާއި، ސްޓޯރޭޖް ޑިވައިސް އާއި، ރިޝްވަތުގެ މައްސަލައާ ގުޅޭ އެހެނިހެން ބައެއް ތަކެތި ހިމެނޭ ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.
ފާރިސް މައުމޫން ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ