ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށް ވީހާވެސް ގިނަ ބަޔަކު މާލެ އެރުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް މިގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބް އަލީ ނިޔާޒު އެވެ. މިގަރާރަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. 58 / 57
މިގަރާރު ފާސްވީ ގައުމީ ބައްދަލުވުމަށް މިރޭ ހާޒިރުވި 58 ބޭފުޅުންގެ ތެރެއިން 57 ބޭފުޅުންގެ ތާއީދާ އެކު އެވެ.
މިގަރާރު މިރޭ ފާސްކުރީ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށް ވީހާވެސް ގިނަ ބަޔަކު މާލެ އެރުމަށް ގޮވާލުމާއެކު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ލޯކަލް ކައުންސިލްތަކުން ވެސް މިކަމަށް ގޮވާލާ ބަޔާން ނެރުމަށް ގަރާރުގައި ހިމަނައިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ މިގަރާރަށް ތާއީދުކުރައްވާ އަތޮޅު ތެރެއިން ވީހާވެސް ގިނަ މީހުން މާލެ އެރުމަށް ގޮވާލާފަ އެވެ.
މިބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރުއެޅުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުންވެސް ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދާތީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށްވެސް ބައެއް ބޭފުޅުން ވަނީ ސަލާމަތީ ފަރާތްތަކަށް ގޮވާލާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަށް ގިނަ ބަޔަކު މާލެ އެރުމަށް ގަރާރެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ