އަލީ ވަހީދުގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގައިފި

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، އަލީ ވަހިދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި މައްސަލައާ ގުޅޭ ބައެއް ހެކި ހޯދުމުގެ ގޮތުން ބައެއް ތަންތަން ބަލާ ފާސް ކުރެވިފައިވާކަން، އަދި މި މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިފައިވޭ". އަޒްމާ ވިދާޅުވިއެވެ.
އަޒްމާ ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށެވެ.
އަދި ތަހުގީގު މަރުހަލާގައި ޕްރޮސެކިއުޓާރ ޖެނެރަލް އާވެސް މަޝްވަރާ ކުރެވެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަލީ ވަހީދު މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކޮށްފައި ވެއެވެ. އަދި އެ މައްސަލަތަކާއި ގުޅިގެން އޭނާ ފޯނާއި ލެޕްޓޮޕްވެސް ވަނީ ހިފަހައްޓާފައެވެ.
އަލީ ވަހީދަށް މީގެ ކުރިން މީގެ ކުރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ.
އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މައްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ