އިތުރު ދިވެއްސަކު ކޮވިޑް ބަލީގައި މަރުވެއްޖެ

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. ރޭ މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ އިއްޔެ ހަވީރު 4:40 އެހާކަންހާއިރު ނޭވާލާން އުނދަގޫވެގެންކަމަށެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި 17 ވަނަ މީހާ އެވެ.
މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން ދާއިރު ރެއަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ޕޮޒިޓިވްވި ރެއެވެ.
134 ދިވެހިން ރެއާއި ހަމައަށް އަލަށް ޕޮޒިޓިވް ވެފައިވާއިރު، ބަނގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާ މީހަކާއި، ސްރީލަންކާ މީހަކާއި އެކު ޖުމްލަ 156 މީހުން މިވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައެވެ.
އެހެންކަމުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,949 އަކަށް އަރާފައެވެ.
އެޗްޕީއޭއިން ވަނީ މި ހިނގާ އޮގަސްޓް މަހު ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވާނެކަމަށް ލަފާކޮށްފައެވެ.
މިއާއި އެކު މާލެ ސަރަހައްދުގައި އުޅޭ މީހުން ގެއިން ބޭރުގައި އުޅޭ އިރު މާސްކް އަޅަން ވަނީ މަޖްބޫރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ