ޔާސިރު ޔަޙްޔާ މަރުވެއްޖެ

ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ މަރުވެއްޖެއެވެ.
ޔާސިރު މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.
ޔާސިރު މަރުވިއިރު އޭނާއަށް ފަރުވާދެމުން ދިޔައީ އައީޖީއެމްއެޗްގައެވެ. އޭނާގެ ހާލު ދެރަވެގެން އިމަރޖެންސީ ގައި ފަރުވާދޭން ފެށީ އަންގާރަ ދުވަހުގެ ހަވީރު 18:30 ގައި ކަމަށް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރު ވަނީ ވިދާޅުވެފައެެވެ.
ޔާސިރަށް މީގެ ކުރިން ހުޅުމާލެ ހުޅުމާލެ ހޮސްޕިޓަލުންވެސް ފަރުވާދިނެވެ.
ޔާސިރު އަކީ މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ މީހެކެވެ. ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ. ޔާސިރު މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.
(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ