ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވޭނީ ހެނދުނު ނުވައަކުން ރޭގަނޑު ދިހައަކަށް! ޑެލިވަރީ 11 އަށް!

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުއިދިނުމުގެ ގޮތުން މާލޭ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވޭނީ ހެނދުނު ނުވައަކުން ރޭގަނޑު ދިހައަކަށް ކަމަށާއި އެހެން ނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11 އަށް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިހާރު ރާއްޖޭގައިވެސް ފެތުރެމުން ކޮވިޑް 19 އާއިގުޅިގެން މީގެކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. 
ލޮކްޑައުނަށް ސަރުކާރުން ގިނަ ލުއިތަކެއް ދިން ނަމަވެސް ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށާއި ފިހާރަތަކާއި، ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ހުންނައިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭގޮތަށް ހުންނަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ