ވަކި މީހަކާ ޒާތީ ގޮތުން ދިމާކޮށް، އަބުރު ނަގާނުލުމަށް ގާސިމް އެދިވަޑައިގެންފި

މީޑިއާތަކުން ވަކި މީހަކާ ޒާތީ ގޮތުން ދިމާކޮށްގެން މައުލޫމާތުތައް ނުގެނެސްދިނުމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މީޑިއާތަކުގެ އަރިހުން އެދިވަޑައިގެންފި އެވެ.
ވީމީޑިއާ އަށް ހަ އަހަރު ފުުރުން ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވަނީ، މީޑިއާތަކުން ގެނެސްދޭ ވާހަކަތަކާއި މައުލޫމާތުތަކަކީ ތެދު މައުލޫމާތަށް ހަދައި ދައުލަތުގެ މުއައްސަސާތަކާއި މީހުންގެ އަބުރު ނަގާނުލުމަށް އެދިވަޑައިގަންފަ އެވެ. އަދި މީހުންނާ ދިމާކުރުމަށް ވީމީޑިއާގެ އެއްވެސް ތަނަކުން މަސައްކަތް ނުކުރުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުނގަޑު ވަސިއްޔަތްކޮށް ނަސޭހަތްތެރި ވަނީ ދޮގު މައުލޫމާތު ނުގެންނާށޭ. ވަކި މީހަކަށް ޒާތީ ގޮތުން ދިމާކޮށްގެން މައުލޫމާތު ނުގެންނާށޭ. ތެދު ހަގީގަތްތަކެއް ނުގެނެވެންޔާ މީޑިއާ އާއި ނޫސްވެރިންގެ އަގު ވެއްޓިދާނެ،" ވިލާ ގްރޫޕްގެ ޗެއާމަން ވިދާޅުވި އެވެ.
ވަކި ޕާޓީއެއްގެ ކަންތައްތައް ނުކުރެވޭތީ ވީމީޑިއާ ދޫކޮށް ބައެއް މުވައްޒަފުން ދިޔަކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، މީހުން ބިނާކުރުމަށް ތައުލީމު ދިން ނަމަވެސް އެމީހުން ވީމީޑިއާ އަށް މަސައްކަތްކޮށްނުދީ، އެހެންތަންތަނަށް ގޮސްފައިވާ ކަމަށެވެ.
ވީމީޑީގެ ދަށުން ހިންގަމުންދާ ވީޓީވީ، ވީއެފްއެމް އަދި ވީއޮންލައިންގައި މިހާރު މަސައްކަތްކުރަމުންދާ މުވައްޒަފުންނާއި ކުރިން ހިދުމަތް ކޮށްދެއްވި ބޭފުޅުން ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ވީމީޑިއާ އިން ވަނީ ގިނަ ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ.
އެގޮތުން ވީމީޑިއާ އިން އެއް ލައްކަ ރުފިޔާ ހުށަހަޅައިގެން ބާއްވަމުން އަންނަ ލަވަ މުބާރާތް، މޯލްޑިވިއަން އައިކަންގެ ފަސް ވަނަ ސީޒަނާއިި ވީނިއުސް އައިފޯން އެޕް ޕްރީވިއުގެ އިތުރުން ވީމިޔުޒިކް – ރެކޯޑް ލޭބަލް އިފްތިތާހްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ