ސުޕްރީމް ކޯޓުން ދޮގު ހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެއްކެތް: ޝައިޚް އިލްޔާސް
ސުޕްރީމް ކޯޓުން ދޮގުހެކި ބަލައިނުގަތުމަކީ ރައްޔިތުންނަށް ނަސްރު ލިބޭނެކަމުގެ ހެއްކެއް ކަމުގައި ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
“އިންޝާﷲ ރައްޔިތުންނަށް ނަސްރު ޔަގީން” ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނިސްބަތްކުރައްވާ ޝައިޚް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހަގީގަތް ގަބޫލުކުރުމަށްފަހު ނަފްސުގެ އެދުންތަކަށް ތަބާވެ ބާތިލަށް ނަސްރު ދޭން އުޅުމަކީ މާޒީގައިވެސް ހިނގާފައިވާ ކަންކަން ކަމަށެވެ.
ޝައިޚް އިލްޔާސް މި ޓްވީޓް ކުރައްވާފައިވަނީ ކީރިތި ޤުރްޢާނުގެ އާޔަތަކާއިއެކުގައެވެ. އެ އާޔަތުގެ މާނައިގާ ވަނީ، “ފަހެ އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ރުޖޫއަ ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަ ކަށަވަރުން އަނިޔާވެރި ބަޔަކީ، ހަމަ ތިޔަބައިމީހުންނެވެ”
Hageegah gaboolukurumaffahu nafusuge edhunthakah thabave baathilah Nasru dheyn ulhumakee mazeega ves hingaafavakankan rayyithunge haggu nigulhaigathumah ufankuri dhogu heki SC in balainuthumakee rayyithunnah nasru libeynekamugehekkeh. In Sha Allahrayyithunnah nasru yageen pic.twitter.com/e69TKmZFpZ
— Ilyas Hussain (@ilyaasipa) October 17, 2018
ސުޕްރީމް ކޯޓުން ދޮގު ހެކި ބަލައިނުގަތުމަކީ ނަސްރު ލިބޭނެކަމުގެ ހެއްކެތް: ޝައިޚް އިލްޔާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ