ޢައްސާން މައުމޫން މަޤާމުން އިސްތިއުފާ ދެއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ޣައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮރ ސޯޝަލް އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޣައްސާން ރައީސް އޮފީހަށް ފޮނުވި ސިޓީގައި ޣައްސާން ވަނީ ރައީސް ޔާމީންގެ ދައުރުގައި ހިދުމަތް ކުރައްވަން ދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާން ކައިރިވެފައިވާތީ ދެއްވި ޢައްސާން ސިޓީގައި ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާއި މެދު ފަހުރުވެެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި , ބޭބޭފުޅު އަދި ދުންޔާ މައުމޫންގެ ފިރިކަލުން ޖަލުގައި ދުވަސްތައް ހޭދަކުރެއްވި އިރުވެސް , އަދި ރައީސް މައުމޫނާއި ރައީސް ޔާމިންގެ ސިޔާސީ ކޯޅުން ގަނޑު ފެށިގެން މިއަދާ ހަމައަށްވެސް ޢައްސާން ހުންނެވީ އެކަންކަމަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ރައީސް ޔާމިންގެ ސަރުކާރަށް ހިދުމަތް ކުރުމުގައެވެ. މިކަމާއި ގުޅިގެން ޣައްސާންއަށް އާންމުންގެ ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ