މޫސުން ގޯސްވެ ހުވަދު އަތޮޅަށް ޔެލޯ އެލާޓް!

މޫސުން ގޯސްވެ ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިރުއޮއްސި 7:00 ގައި ހުވަދު އަތޮޅަށް ނެރުނު އެ އިންޒާރުގައި ބުނެފައިވަނީ، ކުރިއަށް އޮތް ތިން ގަޑިއިރެއްހާ އިރަށް އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޔެލޯ އެލާޓަކީ ދިމާވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ އެލާޓެވެ.
ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މެޓް އޮފީހުން ވަނީ، މިރޭގެ 9:30 އާ ހަމައަށް ފާފު އަތޮޅާއި ސީނު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ، އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ