މަނަދޫ ދާއިރާގެ މެމްބަރު ޢުމަރު ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ޢުމަރު ޙުސައިން (ޢުމަރު) ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.
އޭނާ ޖޭޕީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމް ޙަވާލު ކުރައްވައިފައިވަނީ ޖޭޕީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޒާއެވެ. އޭނާ ޖޭޕީއަށް ސޮއި ކުރެއްވިކަން ހާމަކުރައްވައިފައިވަނީ ވެސް ރިޔާޒެވެ.
ޢުމަރު ޖޭޕީއަށް ސޮއިކުރެއްވުމުން އެޕާޓީގެ މެމްބަރުންގެ ޢަދަދު 19 އެރީއެވެ. އެމްޑީޕީގައި ވެސް މިހާރު ތިއްބެވީ 19 މެމްބަރުންނެވެ. އެ ޕާޓީގެ 6 މެމްބަރަކު ވަނީ ސަރުކާރުގެ މިނިސްޓްރީތަކާ ޙަވާލުވެ ވަޑައިގެންނެވުމަށް އެބޭފުޅުންގެ ގޮނޑިތައް ދޫކުރައްވައިފައެވެ.
ޢުމަރަކީ ކުރިން އެމްޑީއޭގެ މެމްބަރެކެވެ. އޭނާ ޖޭޕީއަށް ސޮއިކުރެއްވުމުން އެމްޑީއޭގެ މެމްބަރުންގެ ޢަދަދު މިހާރުވަނީ 4 އަށް މަދުވެފައެވެ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ރޭ ވަނީ ޖޭޕީއަށް ސޮއި ކުރައްވައިފައެވެ. އަދިވެސް އިތުރު މެމްބަރުން އެޕާޓީއަށް ސޮއިކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ