”ގާދޫ ފުޓްސަލް ޗެލެންޖް 2018“ ފަށައިފި

ލ. ފޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން އިންތިޒާމްކޮށްްގެން ބާއްވަން ހަމަޖައްސސާފައިވާ “ ގާދޫ ފުޓްސަލް ޗެލެންޖް 2018″ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ފޮނަދޫގައި އަލަށް އާބާދުވެ ދިރި އުޅެމުންގެންދާ ޒުވާނުންނަށް އަމާޒުކޮށްގެން އިންތިޒާމް ކުރި މި ފުޓްސަލް މުބާރާތް އިއްޔެ ހަވީރު ފެށުނު މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ލ. ފޮނަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރިޔާޒެވެ.
5 ޓީމަކުން ވާދަކުރާ މި މު ބާރަތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ތާވަޅު އެފްސީ އާއި ޔަންގް ބޯއީސް އެވެ.  ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މިމެޗު ނިމިފައިވަނީ 1-6 ން ތާވަޅު އެފްސީ މޮޅުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ތާވަޅު އެފްސީގެ އައިހަމް އެވެ. އޭނާ ވަނީ މި މެޗުގައި 2 ލަނޑު ޖަހާ މޮޅު ކުޅުމެއް ދައްކާފައެވެ. ތާވަޅު އެފްސީގެ ލަނޑުތަށް ކާމިޔާބު ކުރީ މުޙައްމަދު އަލީ އަބުދުލް ރައޫފް އައިހަމް އަދި އިބްރާހީމް ނަސީރުއެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ރޯޔަލް އެފްސީ އާއި ޗެމްޕިއަން އެފްސީ އެވެ. މިމެޗު 0-7 ން ކާމިޔާބުކުރީ ޗެމްޕިއަން އެފްސީ  އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޗެމްޕިއަން އެފްސީގެ އައިމަން ( ވަކަ ބްރޯ) އެވެ. އޭނާ ވަނީ މި މެޗުގައި 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ މެޗުގައި 4 ލަނޑު ކާމިޔާބުކޮށްދިން އައިމަން( ވަކަ ބްރޯ) އެވެ.
މި މުބާރާތުގެ ފޯރިގަދަ ދެ މެޗު މިއަދުވެސް ކުރިއަށްދާނެއެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތާވަޅު އެފްސީ އާއި ހޭޅި އެފްސީ އެވެ. މިމެޗުގެ ކުޅުމަށް ހަމަޖެހިފައިވަނީ 16:10 ގައެވެ. އަދި މިއަދު 17:00 ގައި ކުޅޭ ދެވަނަ މެޗުގައި ރޯޔަލް އެފްސީ އާއި ޔަންގް ބޯއީސް ވާދަކުރާނެއެވެ. މި ދެޓީމު މިއަދުގެ މެޗަށް ނިކުންނައިރު މި ދެޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އެގޮތުން ޗެމްޕިއަންސް އެފްސީ އާއި ބައްދަލުކޮށް 0-7 އިން ރޯޔަލް އެފްސީ ބަލިވެފައިވާއިރު، ޔަންގް ބޯއީސް ބަލިވީ ތާވަޅު އެފްސީ އާ ބައްދަލުކޮށް 1-6 ގެ ނަތީޖާއަކުންނެވެ.
 
އޮކްޓޫބަރ 8 ން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ”ގާދޫ ފުޓްސަލް ޗެލެންޖް 2018“ ފުޓްސަލް މުބާރާތަކީ ޒުވާނުންގެ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
ފިޔަ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއެވެ. މިއީ މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ