ރައީސް މައުމޫން، ރައީސް ސޯލިހްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓްގެ ބާނީ މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ވެސް ދެބޭފުޅުންގެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރައީސް ސޯލިހުއާ މައުމޫން ބައްދަލުކުރައްވާފައިވާއިރު، މިއީ ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް ސޯލިހްއާ މައުމޫން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ