މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ ރައްޔިތުންނަށް ބިރު ދައްކަން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލައިފައިވާ ކަމަށް ރައީސް ޔާމީންއަށް ތާއިދުކުރާ ފަރާތްތަކުން ތުހުތަމަތު ކުރަމުންދާއިރު، ޑރ ޖަމީލު ވިދާޅުވީ އިލެކްޝަން ކޮމިޝަން އޮތީ ރައީސް ޔާމީންގެ ކޮންޓްރޯލް ދަށުގައި ކަމަށާއި، ހުރިހާ ސަރުކާރުގެ އިދާރާތައް އަދި ހުރިހާ ކަމެއް ވެސް އޮތީ މިސަރުކާރާއި ދެކޮޅު މީހުންނަށް ދަތިވާ ގޮތަށް ކަމަށެވެ.
އެހެންކަމުން އިންތިޚާބު އޮޅުވާލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަންގެ އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކުރައްވައި ޑރ ޖަމީލު ވިދާޅުވީ ކޯލިޝަންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 58 އިންސައްތައިން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައްޔިތުން ވޯޓުން ކަމަށެވެ. އަދި އެއީ ކޮމިޝަންއާ މެދު ހިތްހަމަ ނުޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.
Election under PY's full control; all resources against opponent. @ibusolih won decisive 58%. No irregularities/complaints to @ElectionsMv. Case to annul poll is only to create fear. No legal merit for SC to adjudicate. People's mandate to Prez-Elect is irrevocable & will stand!
ޑރ ޖަމީލު ވިދާޅުވީ އިންތިޚާބާ ގުޅުވައިގެން ރައީސް ޔާމީންގެ ފަރާތުން މައްސަލަ ހުށަހެޅީ ރައްޔިތުންނަށް ބިރުދައްކަން ކަމަށެވެ. ރައްޔިތުން ތިބީ އިންތިޚާބީ ރައީސްއާއެކު ކަމަށާއި، މިމައްސަލަ ނިންމަން ޖެހޭ އެއްވެސް އަސާސެއްނެތް ކަމަށެވެ.
އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިރު، މިމައްސަލަ އެކޯޓުން ވަނީ ބަލައިގެންފައެވެ. އިންތިޚާބުގެ މައްސަލައެއް ރައީސް ޔާމީން ހުށަހަޅާފައިމިވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށްފަހުއެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމްއިންވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށްފައިވެއެވެ.
ނަމަވެސް ފަހުން ރައީސް ޔާމީން ވެސް އަދި ޕީޕީއެމުން ވެސް ވަނީ އިންތިހާބުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންނަށް ބިރު ދައްކަން: ޑރ ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ