ރައީސް ޔާމީނާއި އަލުންގުޅި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްވެސް ދެން މަސައްކަތް ނުކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޕީޕީއެމުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ޖުމްހޫރީ ޕާޓީއާއި
އދ ފެންފުށީގައި މިއަދު ވާހަކަ ދައްކަވަމުން ގާސިމް އިންތިޚާބުގެ މައްސަލަ ސުޕްރީމްކޯޓަށް ވެއްދުމާއި ޖުމްހޫރީ ޕާޓީއާއި ގުޅުވައިގެން ތަފާތު ޕްރޮފެގަންޑާ ފަތުރަމުން ގެންދާ ކަމުގައެވެ.
ގާސިމް ވިދާޅުވީ އިންތިހާބު ބަތިލްކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުމާއި ޖުމްހޫރީ ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. އަދި ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯލިޝަނުން ޖުމްހޫރީޕާޓީ ވަކިވެގެން ސަރުކާރަށް ދާންއުޅޭކަމުގެ ވާހަކަތައްވެސް ފަތުރަމުން ގެންދާކަމަސާއި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ދެން ދުވަހަކުވެސް އެއްވެސް މަސައްކަތް ނުކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ނުގުޅޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ