ޒުވާނުންގެ ގޮފީގެ ރައީސްކަން އުމަރު ޓީމަށް، ނައިބު ރައީސްކަން ޔަގީން ޓީމަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސްގެ ތެރެއިން ޒުވާނުންގެ ގޮފީގެ ރައީސް ކަން"ޓީމް އުމަރު" ކާމިޔާބުކުރިއިރު ޒުވާނުންގެ ގޮފީގެ ނައިބު ރައީސްކަން "ޓީމް ޔަގީން" ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ އިބްރާހިމް ނާޒިމް އެވެ. ޒުވާނުންގެ ގޮފީގެ ނައިބު ރައީސާކަމަށް  އިންތިހާބުވެފައިވަނީ އަމިނަތު ނަދާ އެވެ.
އެގޮތުން އުމަރު ޓީމުގައި ހިމެނިވަޑައިގަންނަވާ ކެންޑިޑޭޓު ނަންބަރު 1  އިބްރާޙިމް ނާޒިމް އަށް ލިބިވަޑައިގަތީ 29 ވޯޓެވެ. ޓީމް ޔަގީންގެ ކެންޑިޑޭޓު ނަންބަރު 2 ޒާހިދު ރަމީޒްއަށް ލިބިވަޑައިގަތީ 22 ވޯޓެވެ. އަދި ކެންޑިޑޭޓު ނަންބަރު 3 މުއާޒް ހަލީމްއަށް ލިބިވަޑައިގަތީ 8 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 2 ވޯޓު ހިމެނިފައިވެ އެވެ.
ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު 1 މުހައްމަދު ޝަފްލީންއަށް 5 ވޯޓު ލިބިވަޑައިގެންފައިވާއިރު ކެންޑިޑޭޓު ނަންބަރު 2 އައިމިނަތު ނަދާ އަށް ލިބިވަޑައިގަތީ 40 ވޯޓެވެ. އުމަރު ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝައްމޫންއަށް ލިބިވަޑައިގަތީ 17 ވޯޓެވެ.
މީގެއިތުރުން ވެސް ޒުވާނުންގެ އިތުރު މަގާމުތަކަށް ބޭފުޅުން ހޮވާފައިވެ އެވެ.
މިހާރު ކުރިއަށްދާ ޒުވާނުންގެ ޖަލްސާގައި ވަނީ އެގޮފީގެ ހިންގާ ގަވައިދުވެސް ފާސްކޮށްފައެވެ. ހިންގާ ގަވައިދު ފާސްކުރަން 54 މެންބަރުން ވޯޓުދެއްވިއިރު ފާސްކުރަން ނުފެންނަ ކަމަށް 6 މެންބަރުން ވޯޓުދެއްވި އެވެ
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ