ހެންވޭރު ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑުނުތާ ފަސްގަޑި އިރަށް ވުރެ ގިނައިރު ވެއްޖެ

ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑުނުތާ ފަސްގަޑި އިރަށްވުރެ ގިނަ އިރު ވެއްޖެއެވެ.
އެމްވީޔޫތައް މައުލޫމާތު ދެއްވަމުން ސުޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓު ކެނޑުނީ އެސަރަހައްދުގައި ހުރި ސަބު ސުޓޭޝަންތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ހެނދުނު ދިހައެއް ޖަހާ ކަންހާއިރު ކަރަންޓު ކެނޑުމުން އެވަގުތުން ފެށިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި ނަމަވެސް ކަރަންޓު ދެވޭނެ ގަޑިއެއް ދަންނަވަން ދަތިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް މަސައްކަތް ކުރަމުން ދަނީ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ކަރަންޓު ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ އެކަމުގެ އުނދަގޫތައް ފޯރަމުންނެވެ. ކަރަންޓް ނެއްތާ ގިނަ އިރުތަކެއް ވުމުގެ ސަބަބުން ބައެއް ފިހާރަތަކުގައި އައިސް ކޮއްފައިހުރި ކާނާގެ ބާވައްތައް ހަލާކުވަމުން ދާކަމަށް އެސަރަހައްދުގެ ބައެއް ފިހާރަތަކުން އެމްވީޔޫތައް މައުލޫމާތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ