ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި، ނާޒިމްގެ ވަކީލު ކަމުގައި ހަމަޖެއްސެވި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، ނާޒިމްގެ ވަކީލުކަން ދޫކޮށްލައްވައިފިއެވެ.
އާޒިމާ ހިންގަވާ ލޯ ފަރމް އެވޮން ގާރޑް ލޯޔާރސްއިން މިއަދު ޢާންމުކުރި ނޫސް ބަޔާނެއްގައި، އާޒިމާ ވިދާޅުވެފައި ވަނީ، ނާޒިމްގެ ޤާނޫނީ ވަކީލުކަން ދޫކޮށްލުމަށް ނިންމެވީ އަމިއްލަ ސަބަބުތަކާ ހުރެ ކަމަށެވެ.
އާޒިމާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ދެން ނާޒިމްގެ ވަކީލުކަން ކުރައްވާނީ، ޕްރިމިއަރ ޗެމްބާރސް ލޯ ފަރމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ކަމަށެވެ.
ނާޒިމްގެ ގެއިން ހަތިޔާރު ފެނުނުތާ މާ ގިނަ ދުވަހެއް ނުވަނީސް، އޭނާ ވަނީ ޑިފެންސް މިނިސްޓަރުގެ މަޤާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި، ޑިފެންސް މިނިސްޓްރީއަށް އައްޔަން ކޮށްފައި ވަނީ މޭޖަރ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލްއެވެ.
ނާޒިމްގެ ޤާނޫނީ ވަކީލުކަމުން އާޒިމާ ދުރުވެ، އައު ވަކީލަކަށް މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ