ބަތަލާ މޯނީ ގެ ކައިވެނި ޖެނުވަރީގައި!

މީގެ އަހަރެއް ކުރިން އެންގޭޖްވި ބަތަލާ މޯނީ ރޯއި އަންނަ ޖެނުއަރީ މަހު ކައިވެނިކުރަން އުޅޭ ކަމަށް އަޑުފެތުރެން ފަށައިފިއެވެ. ޓީވީ ޑްރާމާތަކުން މަގްބޫލުކަން ހޯދި މޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރި އާއިލާއެއް ކަމަށްވާ ނަމްބިއާގެ އާއިލާ އަށް ނިސްބަތްވާ ސޫރަޖް ނަމްބިއާއާ އެވެ. އޭނާ އަކީ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެއެވެ. ބޮލީވުޑް ފިލްމުތަކުން ވެސް ފެނިގެން އަންނަ ބަތަލާ މޯނީ ވަނީ ދާދިފަހުން ރާއްޖެ އައިސް ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފައެވެ. އެ ދެމީހުން ކައިވެނި ދުބާއީ ނުވަތަ އިޓަލީގައި ބާއްވަން ތައްޔާރުވަމުން އަންނައިރު ދެފަރާތުން ވެސް ބޭނުންވަނީ އެ ހަފްލާ ވަރަށް ޕްރައިވެޓްކޮށް ބާއްވާށެވެ. ބަތަލާ މޯނީ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންކަން މީޑިއާތަކަށް ހިއްސާކުރާ އެކްޓްރަސް އެއް ނޫނެވެ. ބަތަލާ މޯނީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދީ ނާގިން ގައި މަސައްކަތްކޮށްގެންނެވެ. އޭނާ ވަނީ އަކްޝޭ ކުމާރު އާއެކު ފިލްމު "ގޯލްޑް" ގައި ވެސް މަސައްކަތްކޮށްފަ އެވެ. މޯނީގެ ކުރިއަށް އޮތް ފިލްމަކީ އާލިއާ އާއި ރަންބީރުގެ "ބުރައްމަސްތުރާ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ