ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާ ސަންޑަލޭންޑް ލީގްކަޕްގެ ފައިނަލަށް

ޕެނަލްޓީގައ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެން ސަންޑަލޭންޑް އިނގިރޭސި ލީގްކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗް 1-2 އިން ކާމިޔާބުކުރީ ސަންޑަލޭންޑްއިންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 މިނެޓް ހަމައިރު ޔުނައިޓެޑްގެ ޑިފެންޑަރ ޖޮނީ އެވަންސް ކާމިޔާބުކޮށްދިން ގޯލާއެކީ ކުރީގައި އޮތީ 0-1 އިން ޔުނައިޓެޑްއެވެ.އެހެންނަމަވެސް އެގްރިގޭޓް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްއެވެ.
އިތުރު ވަގުތުގެ ދެ ހާފްގައިވެސް ރަނގަޅަށް ކުޅެ ޔުނައިޓެޑްގެ ގޯލަށް ސަންޑަލޭންޑްއިން ދިޔައީ ނުރައްކާ ކުރަމުންނެވެ.އޭގެ ނަތީޖާއަކަށް ވީ އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ އެންމެ ފަހު މިނެޓްގައި ސަންޑަލޭންޑްގެ ޑިފެންޑަރ ބާޑްސްލީ ގޯލެއް ކާމިޔާބުކުރުމެވެ.މި ގޯލް ވަނީ ޔުނައިޓެޑްގެ ކީޕަރުގެ ބޮޑު މިސްޓޭކަކުން ކަން ފާހަނގަކޮށްލަންޖެހެއެވެ.
އެހެންނަމަވެސް އޭގެ މިނެޓެއްވެސް ނުވަނީސް ޔަނޫޒީ ދިން ޕާހަކުން ޔުނައިޓެޑްގެ މެކްސިކޯ ފޯވާޑް ހާނަންޑޭޒް ވަނީ ގޯލެއްޖަހާ މެޗް ޕެނަލްޓީއަށް ގެންގޮސްފައެވެ.
ޕެނަލްޓީގައި ސަންޑަލޭންޑް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.އެޓީމުގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އޮލޮންސޯއާއި ކީއެވެ.ސަންޑަލޭންޑް އިން ޕެނަލްޓީތަށް ކާމިޔާބުނުކުރެވުނީ ގާޑްނާ،ފްލެޗާ އެޑަމް ޖޯންސަންއަށެވެ.ޔުނައިޓެޑުން ޕެނަލްޓީތަކުގެ ތެރެއިން ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފްލެޗާއެވެ.އެޓީމުގެ ޔަނޫޒާއީ،ރަފޭލް،ޖޯންސް އަދި ވެލްބެކް ޖެހި ޕެނަލްޓީތަށް ވަނީ ކާމިޔާވާގޮތް ނުވެފައެވެ.
ސަންޑަލޭންޑް ފައިނަލްގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.ވެމްބްލީގައި ކުޅޭ މި ފައިނަލް މެޗް އޮންނާނީ މާޗް މަހުގެ 2 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ