އެފްޓީއޭގެ އެއްބަސްވުން ތަންފީޒުކުރުން އަވަސްކުރަން އިންޑިއާއާއެއެކު މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެ އާއި އިންޑިއާއި ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުން އަވަސްކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔުޝް ގޯޔަލްއާއެކު މަޝްވަރާކުރައްވައިފިއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތައް ހަލުވިކޮށް، އެކަން ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ