ސިންގަޕޫރު ޕޮލިސް ފޯސްއިން ކުރިއަށް ގެންދިޔަ "ސީނިއާ ޕޮލިސް އޮފިސަރ ބޭސިކް ކޯސް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ ފުލުހަކު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އެޚިދުމަތުން ވިދާޅުވީ، މިތަމްރީނު ކޯސް ފުރިހަމަ ކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަމީދުއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް ކަމަށެވެ.
މިދިޔަ އަހަރުގެ އޯގަސްޓު 6 އިން ފެށިގެން މިއަހަރުގެ މެއި 11 އާ ހަމައަށް ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ މިކޯހަކީ، ފުލުހުންގެ މަސައްކަތުގެ ދާއިރާއިން ފަންނީ ހުނަރުތައް ކުރިއެރުވުމަށާއި، ލީޑަރޝިޕް ޤާބިލުކަމުގެ އިތުރުން، ފުލުހުންގެ މަސައްކަތުގައި ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ސިންގަޕޫރުގައި ބޭއްވި ސީނިއާ ޕޮލިސް އޮފިސަރ ބޭސިކް ކޯހުގައި ދެ ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ