ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ ވައިސް ޗީފްގެ މަގާމަށް އަހުމަދު ޝާހިދު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑީއާ ޖެނެރަލް އަހުމަދު މުހައްމަދު އެ މަގާމުން ވަކިކޮށްފައި ކަމަށެވެ.
އަދި އެ މަގާމަށް ޝާހިދު އައްޔަން ކުރެއްވީ ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ދިފާޢީ ކަންތައްތައް ހިންގުމާއި، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ޗީފް އޮފް ޑިފެންސް ފޯސްއަށް އެހީތެރިވެދެއްވުމަށްޓަކައި، ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަހުމަދު ޝާހިދު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ