ހައްޔަރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތައް ދޫކޮށް ނުލަނީސް މަޝްވަރާގައި ބައިވެރި ނުވާނޭ ކަމަށް މައުމޫން ވިދާޅުވެއްޖެ

އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ބަންދުކޮށްފައި ތިއްބެވި ބޭފުޅުން ދޫކޮށްނުލަނީސް އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވާން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލް މެދުވެރިކުރައްވާ އާންމު ކުރެއްވެވި މެސެޖެއްގައެވެ.
އެ މެސެޖުގައި މައުމޫން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް މީހުން ރަހީނުކޮށް ޤާނޫނު އަސާސީ އާއި ހިލާފަށް ފުލުހުންނާއި ސިފައިން ހިންގާ އަމަލުތަކާއި ޝަރުޢީ ދާއިރާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ގެންދިއުން ކުރިން އޮތް ހާލަތައް އަލުން އިއާދަ ކުރަން ޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް އެއްވެސް މީހަކު ބަންދުން ދޫކޮށްލަން ޝަރުތުކޮށްގެން ބާއްވާ މަޝްވަރާއެއްގައި ޕީޕީއެމް އިން ބައިވެރި ނުވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ