މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލް ކުރަން ޑިމޮކްރަސީ ނެޓްވޯކުން ހައިކޯޓަށް ހުށެހެޅި މައްސަލަ ނިމެންދެން މަރުގެ އަދަބު ނުދިނުމަށް އަމުރުކޮށް ހައިކޯޓުން މިއަދު ނެރުނު އަމުރު ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ. ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން، ޑިމޮކްރަސީ ނެޓްވޯކުން ހައިކޯޓަށް ހުށަހެޅި އެ މައްސަލަ ވެސް ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ދަށު ކޯޓުން ނިންމި ނިންމުން، ރަނގަޅު ކަމަށް ކަނޑައަޅައި، މަރުގެ އަދަބު ދިނުމަށް އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް، އެ ހުކުމް ތަންފީޒު ކުރުމަށް، އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓުން ހުކުމްތަކެއް ކޮށްފައި ވަނިކޮށް، އެ ހުކުމަށް ޗެލެންޖްކޮށް ހުށެހެޅުނު މައްސަލައެއް އެ ކޯޓަށް ބަލައިގަނެވޭނެ ދުސްތޫރީ އެއްވެސް ހަމައެއް ނެތުމުން ހައިކޯޓުގެ އެ އަމަލު ގާނޫނު އަސާސީއާ ސަރީހަ ނައްސުތަކާ ކަނޑައެޅިގެން ހިލާފުކަމަށެވެ.
ގާނޫނު އަސާސީގެ 143 ވަނަ މާއްދާއާ ހަވާލާދީ ބުނީ، މަތީ ކޯޓުތަކުން ނިންމާ ކަންކަމަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭތީ، އެ މައްސަލަ އަކީ ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވުމުން، މަރުގެ އަދަބު ދިނުން ފަސްކުރަން ނެރުނު އަމުރު ޒާތުގައި ވެސް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި ބުނީ ހައިކޯޓްގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށެވެ.
"...26 ޖުލައި 2014 ގެ ވަގުތީ އަމުރަކީ އޭގެ ޒާތުގައިވެސް ބާތިލް، ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް ކަނޑައަޅައިި ދިވެހި ރާއްޖޭގެ ސުޕްރިމް ކޯޓަށް ލިބިގެންވާ، ގާނޫނު އަސާސީ އާއި ގާނޫނީ ބެލެނިވެރިކަމުގެ ހައިސިއްޔަތަށް ރިއާޔަތްކޮށް ހައިކޯޓް ނަމްބަރު، ގަޒިއްޔާގެ... ދައުވާ ފޯމް ބާތިލްކޮށް އެކަން ހައިކޯޓަށާއި އަދި ކަމާ ބެހޭ އެންމެހާ ފަަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓްގެ އަމުުރުގައިވެ އެވެ.
މަރުގެ އަދަބު ދިނުން ފަސްކުރުމުގެ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ