އިސްލާހީ ހަރަކާތްތެރިޔާ، ބޭބީ ނަޝީދު ނިޔާވެއްޖެ

އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރެވުނު ދުވަސްވަރު އަދި އޭގެ ފަހުން ވެސް ނަޝީދަކީ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވި ބޭފުޅެކެވެ.
އިސްލާހީ މަސައްކަތުގައި ފާހަގަ ކުރެވުނު މުހައްމަދު ނަޝީދު (ބޭބީ ނަޝީދު) އަށް ސްޓްރޯކެއް ޖެހި ވެންޓިލޭޓަރު ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރެވުނު ދުވަސްވަރު އަދި އޭގެ ފަހުން ވެސް ނަޝީދަކީ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވި ބޭފުޅެކެވެ.ނަޝީދުގެ އާއިލާ އިން ބުނީ ފެބްރުއަރީ 14 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއް ގައި ނަޝީދަށް ސްޓްރޯކެއް ޖެހި އައިޖީއެމްއެޗްގެ އައިސީޔޫ ގައި ފަރުވާ ދެމުން ދިޔަ ކަމަށެވެ. ހާލު ދެރަވެ ފަހުން ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރު ގައެވެ.ފަރުވާ ދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރީން ވަނީ ނިޔާވެފައެވެ. ނަޝީދު ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ހެޔޮ އެދުމުގެ މެސެޖުތަކާ އެކު އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ