ރ. އިނގުރައިދޫން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނެފައިވަނީ އިނގުރައިދޫގައި ހިންގަމުންގެންދާ 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރަށް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. މައްސަލަ ދިމާވެފައިވަނީ 400kW ގެ ޖަނަރޭޓަކަށެވެ.
މި ޖަނަރޭޓަރަށް ދިމާވި މައްސަލައިގެ ސަބަބުން ވޭތުވެދިޔަ 3 ދުވަހު މުޅިރަށުން ކަރަންޓް ކެނޑުން ތަކުރާރުވެފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
އެ ކުންފުނިން ބުނެފައިވަނީ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިނގުރައިދޫ ކަރަންޓު މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ