ކަރަންޓު ބިލާއެކުގައި ޝަކުވާގެ 659 ކޯލާއި 6،135 މެސެޖް

ކަރަންޓު ބިލުތަކުގެ މައްސަލަައިގައި މިހާތަނަށް 6،000އަށް ވުރެ ގިނަ ޝަކުވާ ކަސްޓަމަރުން ހުށަހަޅާފައިވާކަމަށާއި، އޭގެެތެރެއިން ގިނަ ޝަކުވާތަކަށް ޖަވާބުދާރީވެފައިވާކަމަށްް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ކަރަންޓު ބިލުތަކާއި ގުޅޭގޮތުން ކަސްޓަމަރުންނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 6،795 ޝަކުވާއެއް ކަސްޓަމަރުން މިހާތަނަށް ހުށަހަޅާފައިވާކަމަށެވެ. އެއީ ފޯނު ކޯލުގެ ޒަރީއާއިން ލިބުނު ޝަކުވާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބުނު ޝަކުވާތަކާއި، އެކުންފުނިން ޝަކުވާ ހުށަހެޅުމަށް އާންމުކޮށްފައިވާ ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބުނު ޝަކުވާތަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. މީގެ ތެރެއިން ގިނަ ޝަކުވާތަކަކީ، ސަރުކާރުން ޑިސްކައުންޓް ދިން ބިލްތަކުގެ އަދަދާއި، ފަހުން ގޭބިސީތަކަށް ފޮނުވި ބިލުތަކުގެ އަދަދު އަޅާކިޔައި ކޮށްފައިހުރި ޝަކުވާތަށްކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، ކަސްޓަމަރުންގެ ފަރާތުން ޝަކުވާ އުފުލުމަށް ކުރި 659 ކޯލަށްވެސް އެޓެންޑް ކޮށްފައިވާކަމަށެެވެ. އަދި، ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ލިބިފައިވާ 6،135 ޝަކުވާގެ ތެރެއިން ގިނަ ޝަކުވާތަކަށްވެސް މިހާރު ޖަވާބުދާރީ ވެވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި، ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ސްޓެލްކޯގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި [email protected] އީމެއިލްގެ ޒަރީއާއިން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ